Thursday, November 5
އިނގުރައިދޫ އަށްވެސް 800 ކިލޯވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި

ރ. އިނގުރައިދޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 800 ކިލޯވޮޓްގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކައިން ބުނީ މި ޖެންސެޓް އިންސްޓޯލްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، އަންނަ ހަފުތާގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމައި، އެ ޖެންސެޓުން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.

މި އައު ޖެންސެޓާއެކު އިނގުރައިދޫ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދިނުމަށް ޖުމްލަ 4 ޖެންސެޓެއް ބޭނުންކުރަމުން ދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް ގެންދިޔަ 800 ކިލޯވޮޓްގެ ޖެންސެޓްގެ އިތުރުން، 600 ކިލޯވޮޓްގެ ޖެންސެޓަކާއި 400 ކިލޯވޮޓްގެ ދެ ޖެންސެޓެވެ. މި ބަދަލާއެކު، މީގެ ކުރިން އެ ރަށުގައި ބޭނުންކުރަމުން އައި 250 ކިލޯވޮޓްގެ ޖެންސެޓް ބޭނުންކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.

އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 1200 ކިލޯވޮޓެވެ. ނަމަވެސް، މި ގެނެވުނު ބަދަލާއެކު އިނގުރައިދޫގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން މިހާރު ވަނީ 2200 ކިލޯވޮޓަށް މަތިކުރެވިފައެވެ.

ފެނަކައިން ބުނީ މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން، އިނގުރައިދޫގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ޔަޤީންވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު