Tuesday, October 13
ކުޑަފަރީގައި ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ހިންގުމަށް ފުރުޞަތު ހުޅުވާލައިފި

ނ. ކުޑަފަރި - ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއަރ

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ހައިޑްޕޯނިކްސް ދަނޑުވެރިކަން ހިންގުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ކުޑަފަރި ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ "ފެހިކުރަމާ" ޕްރޮގްރާމުގް ދަށުން ގާއިމްކޮށްފައިވާ ގްރީންހައުސްގައި ހައިޑްރޯޕޯނިކްސް ފަންނު ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފަސް އަހަރުގެ މުއްދަތަކަށް މި މަސައްކަތް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުން ކުރިއަށް ދާނީ 2026 އޮގަސްޓު 31 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލް އިދާރާގައި ކަމަށް އިޢުލާނުގައި ވެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ޝީޓުގައިވާ ލިޔެކިޔުންތަކާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް އެއްކަރުދާސްކޮށްފައިވާ ނަމޫނާއާއި އެކު ހުށަހަޅަންވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު