ދ. މީދޫ ބަނދަރު އަޕްގްރޭޑްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މޫދަށް އެރޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
- ބަނދަރު ފުންކުރުން – 11,132 ކިއުބިކް މީޓަރު
- މޫދަށް އެރޭ ސަރަހައްދުގެ ބްރޭކްވޯޓަރ – 387 މީޓަރު
- މޫދަށް އެރޭ ސަރަހައްދު ކޮނުން – 1,104 ކިއުބިކް މީޓަރު
މި މަޝްރޫޢަކީ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.






