Tuesday, October 13
އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފުލެޓުތަކުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

އެފްޑީސީން މިއަދު ބުނީ އެފްޑީސީ ފުލެޓުތަކުގެ ތެރެއިން އަމާން ދީދި ޓަވަރުގެ ޓެސްޓިންގ އަދި ކޮމިޝަނިންގ މަސައްކަތްތައް ކުރިއަށްދާއިރު، އަމާން އުދަރެސް ޓަވަރުގެ ޓެސްޓިންގ އަދި ކޮމިޝަނިންގ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

އެފްޑީސީން ބުނީ ސީސީޓީ ހަރުކުރެވުމާއެކު، ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުްނދާނެ ކަމަށެވެ.

އަމާން ޓަވަރުތަކުގައި ސީސީޓީވީ ހަރުކުރުމާ ގުޅިގެން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިގޮތުން އަމާން އުދަރެސް ޓަވަރުގައި މި ނިޒާމު މިހާރު ބޭނުންކުރަން ފަށާފައިވާއިރު، ދީދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމާއެކު ބައެއް ޓަވަރުތަކުގައ މިހާރު ސީސީޓީވީ ބޭނުންކުރަންވަނީ ފަށާފައި"، އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަމްދާން ވިދާޅުވީ 4،000 ހައުސިންގ ޔުނިޓުގެ ޕްލޭންގައި މި މަސައްކަތް ހިމަނާފައި ނުވާ ނަމަވެސް، ސަރުކާރުން އިސްނަގައިގެން މި މަސައްކަތް ފުރިހަމަކުރީ ރައްޔިތުންގެ އަމާންކަމަށް އިސްކަންދީގެން ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްތުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ހިތްފަސޭހަ އަދި ރައްކާތެރި ދިރިއުޅުމުގެ މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު