Tuesday, October 13
ބޮޑެތި އިންވެސްޓްމަންޓްތަކެއް އަންނާނެކަމުގެ އުއްމީދު އެބައޮތް: ފިނޭންސް މިނިސްޓަރ

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒްސް ޙަސަން ޒަރީރު ރައްޔިތުންގެ މަޖްލީހުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ- ރައިޔިތުންގެ މަޖިލީސް

ސުކޫކާއި އެހެނިހެން ބޮޑެތި ލޯނުތައް ދައްކައި ހަލާސްކުރުމާ ގުޅިގެން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، މިއަހަރުގެ އޭޕްރީލް މަހު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެން 524 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ނިންމާފައިވާ ކަމަށާއި، އަދި މެއި މަހު 400 މިލިއަން ޑޮލަރުގެ ސްވަޕް ފެސިލިޓީއެއްވެސް ދައްކާފައިވާ ކަމަށެވެ.

މިގޮތަށް ދައުލަތުން ދައްކަންޖެހޭ ދަރަނިތައް ގާނޫނީ ހަމަތަކުގެ މަތިން އަދާކުރަމުންދާތީ، ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުން ދެކޭގޮތް ވަނީ ވަރަށް ބޮޑަށް ފައްސިވެފައެވެ. އަދި އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ކައިރި މުސްތަގުބަލެއްގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް އަންނާނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު