Tuesday, October 13
2027 ވަނަ އަހަރަށް މަޖިލީހަށް 227 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން 2027 ވަނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓު ދިރާސާކުރުން/ ފޮޓޯ- ރައްޔިތުންގެ މަޖިލީސް

އަންނަ 2027 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް 227 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާ ތާއީދު ކުރެއްވި މި ބަޖެޓަކީ، މަޖިލިސް އިދާރާއިން ފޮނުވި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފާސްކުރި ބަޖެޓެކެވެ. ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު ދައުލަތަށް ބުރަބޮޑުވާފަދަ އިތުރުވުމެއް އައިސްފައި ނުވާނެ ކަމަށާއި، މުސާރަ ބޮޑުކުރުމާއި އާ މަގާމުތައް އުފެއްދުން ފަދަ ކަމެއް ބަޖެޓުގައި ނުހިމެނޭނެ ކަމަށެވެ.

މިއަހަރަށް މަޖިލީހަށް 226 މިލިއަން ރުފިޔާ ދީފައިވާއިރު، އަންނަ އަހަރަށް 227 މިލިއަން ރުފިޔާ ހުށަހެޅީ މަރާމާތުގެ ހަރަދުތަކާއި ޖަލްސާތަކަށް ބޭނުންވާ ސާމާނުގެ ސްޕެއާ ހޯދުމުގެ ހަރަދު އިތުރުވުމުންނެވެ. މީގެއިތުރުން، އާ ލިފްޓެއް ހަރުކުރުމާއި، ސެކިއުރިޓީ އަދި ވެއިޓިންގ ރޫމުގެ މަސައްކަތްތަކާއި، މައި އިމާރާތުގެ ޕޯޓިކޯ ސަރަހައްދު އޭސީ ކުރުން ފަދަ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ 3 މަޝްރޫއެއް ކުރިއަށްދާނެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އާންމު ކޮމިޓީން މަޖިލީހުގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފާސްކުރަންޖެހެއެވެ. މި ބަޖެޓު އެންމެ ފަހުން ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު