Tuesday, October 13
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީޑީސީގެ އިމާރަތްކުރަމުންދާ އައު އޮފީސް ކޮމްޕްލެކްސް/ ފޮޓޯ އެމްޓީޑީސީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ހުޅުވާލައި، ޖަލްސާއަށް ދައުވަތު އަރުވައިފިއެވެ.

އެމްޓީޑީސީން މައުލޫމާތު ދޭ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެންގެ ބޯލްރޫމްގައެވެ.

މި ޖަލްސާގައި ބައިވެރިވާން އެދޭ ހިއްސާދާރުން 29 އޯގަސްޓް 2026 ގެ ރޭގަނޑު 8:30 ގެ ކުރިން 'އިންފިނިޓީ' ޕޯޓަލް މެދުވެރިކޮށް ޕްރީ-ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން، ޖަލްސާއަށް ޕްރޮކްސީ ހަމަޖައްސަން ބޭނުންވާ ހިއްސާދާރުންނަށް އެމްޓީޑީސީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ޕްރޮކްސީ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ޖަލްސާއާ ގުޅޭ އިތުރު ތަފުސީލު މައުލޫމާތު އެމްޓީޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު