Tuesday, October 13
ހިންނަވަރުން އަންހެނަކު ގެއްލިގެން ހޯދަނީ

ޅ. ހިންނަވަރުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ޅ. ހިންނަވަރު / ހުދުހިރި، އާމިނަތު ޝިފާނާ އާދަމްކޮއި (39އ) ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން އާމިނަތު ޝިފާނާ އާދަމްކޮއި ގެއްލިގެން ޅ. ހިންނަވަރު ޕޮލިސް އަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ 23:40 އެހައިކަންހާއިރު ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ރޭ 22:45 ހާއިރު، އޭނާ ދިރިއުޅޭ ޅ. ހިންނަވަރު ހުދުހިރި ގެއިން ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭގެ ފަހުން ޚަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އާމިނަތު ޝިފާނާއަކީ ހަށިގަނޑުގެ ރޫފަ އާދައިގެ ވަރަކަށް ހުންނަ، ލޮލުގެ ކުލަ ކަޅު އަދި ބުރުގާ އަޅާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، އާމިނަތު ޝިފާނާ އާދަމްކޮއިއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޅ. ހިންނަވަރު ޕޮލިސްގެ ނަންބަރު 9792239 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު