Tuesday, October 13
ކުޅުދުއްފުށީގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އިއްޔެ ބޭއްވި ​މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އާއި، ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އާދަމް އާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ނަހުޒާ ޙަސަންގެ އިތުރުން ކައުންސިލްގެ ރީޓެއިންޑް ކައުންސެލްގެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

​މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކުޅުދުއްފުށި ސިޓީގައި ދިމާވެފައިވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އަދި ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުން ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.

​މީގެއިތުރުން، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކައުންސިލާއި ފުލުހުން ގުޅިގެން ވަސީލަތްތައް ޝެއާކޮށް، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު