Wednesday, October 14
މިލިންދު ސޯމަން އާއެކު މޯލްޑިވްސް ހާފް މެރަތަން މާދަމާ ހުޅުމާލޭގައި
އައިރަނާސްއިން އިންތިޒާމުކުރާ "މޯލްޑިވްސް ހާފް މެރަތަން 2026" މާދަމާ ހެނދުނު ހުޅުމާލޭ ސިންތެޓިކް ދުވާ ޓްރެކްގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. ފަސް ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ދުވުމުގައި ޖުމްލަ 2000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާއިރު، އެކަނި ހާފް މެރަތަން ކެޓަގަރީގައިވެސް 460 ދުވުންތެރިން ބައިވެރިވެއެވެ. މާދަމާގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 5:15 ގައި ހާފް މެރަތަން އާއި 15 ކިލޯމީޓަރުގެ ދުވުމުންނެވެ. އެއަށްފަހު ހެނދުނު 6:00 ގައި "ޓަފް ޓެން" ދުވުން ފަށާއިރު، 7:30 ގައި ފަސް ކިލޯމީޓަރުގެ ދުވުން އަދި 8:30 ގައި ކުޑަކުދިންނަށް ހާއްސަ ދުވުމުގެ ހަރަކާތް ކުރިއަށްދާނެއެވެ.

މި އިވެންޓުގެ ހަރާތްތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހުޅުމާލޭގައި ވަނީ ފަށާފައެވެ. އެގޮތުން ރޭހުގެ ބިބް ދޫކުރުމާއި، ފިޓްނަސް ޗެލެންޖްތަކުގެ އިތުރުން ދުވުމާ ގުޅޭ ތަފާތު ސާމާނު ވިއްކުމާއި ފޮޓޯ ނެގުން ފަދަ ގިނަ ހަރަކާތްތަކެއް ހިމެނޭ އެކްސްޕޯއެއް ތިން ދުވަހުގެ މުއްދަތަށް ވަނީ ކުރިއަށްގޮސްފައެވެ. މި އެކްސްޕޯ ނިންމާލާފައިވަނީ ބުރާސްފަތި ދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތަކުންނެވެ.

މި އަހަރުގެ މޯލްޑިވްސް ހާފް މެރަތަންގެ އިންޓަނޭޝަނަލް އެމްބަސަޑަރެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބައިނަލްއަގުވާމީ ފިޓްނަސް އައިކަން، އަޔަންމޭން ޓްރައި އެތުލީޓް އަދި ބޮލީވުޑްގެ ކުރީގެ އެކްޓަރު/މޮޑެލް މިލިންދު ސޯމަންއެވެ. އެކްސްޕޯގެ ތެރެއިން އޭނާއާއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު