Tuesday, October 13
އެފްޑީސީ ފްލެޓުތަކަށް ކުނިއަޅާ މައްސަލަ ހައްލުކުރަން ސީސީޓީވީ ކެމެރާ ހަރުކުރަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ތަރައްޤީކުރަމުންދާ ޓަވަރުތަކުގެ އާންމު ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނި އުކާލާ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ. މި ނިޒާމު ގާއިމުކުރުމުން ޓަވަރުތަކުން ކުނި އުކާލާ ގޮތް މޮނިޓަރުކޮށް، އެފްޑީސީގެ އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެއެވެ.

އެފްޑީސީން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ފްލެޓުތަކުގެ އާންމު ސަރަހައްދުތަކަށް އަޅާފައިވާ ކުނި ނައްތާލުމަށް ބޮޑު ހަރަދެއް ކުރަންޖެހުމާ ގުޅިގެންނެވެ. އެގޮތުން، މި އޮގަސްޓު މަހުގެ ކުރީކޮޅު އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފްލެޓުތަކުގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމަށް އެކަނިވެސް 13.4 މިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ.

މީގެއިތުރުން، އަމާން ޓަވަރު ސަރަހައްދު ސާފުކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 670 ޓަނުގެ ކުނި ވަނީ ނަގާފައެވެ. އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ސަރަހައްދު ގޮނޑުވެ، އާންމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހުމުގެ އިތުރުން، އެތަންތަން ސާފުކުރުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭކަން އެފްޑީސީން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު