ސީވީ ވިލާސްގެ އަންދާސީ ހިސާބުތަކަށް ބަލާއިރު، ދިގުރަށުގައި އޮންނަ ދިގު ދޮންވެލި ތުނޑީގެ މާލީ އަގު އަރަނީ ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާ އަށެވެ.
މި ރޭންކިންގައި ދިގުރަށުގެ ގޮނޑުދޮށް ވަނީ ދުނިޔޭގެ މަޝްހޫރު ބައެއް ބީޗުތަކަށްވުރެ ކުރި ހޯދާފައެވެ. އެގޮތުން ބްރެޒިލްގެ ރިއޯ ދެ ޖަނޭރޯގައި އޮންނަ ކޮޕަކަބާނާ ބީޗާއި، ކޭމަން އައިލެންޑްސްގެ ސެވަން މައިލް ބީޗުވެސް އޮތީ ދިގުރަށުގެ ފަހަތުންނެވެ.
މި ލިސްޓުގެ އެންމެ ކުރީގައި، 1.2 ބިލިއަން ޑޮލަރުގެ އަންދާސީ އަގަކާއެކު އޮތީ އެމެރިކާގެ ފްލޮރިޑާގައި އޮންނަ ސިއެސްޓާ ބީޗެވެ.






