އާދިއްތަ, October 11
މޫސަން ގޯސްވުމުގެ ސަބަބުން އުރީދޫ މަސްރޭސް 2026 ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ މަސްރޭސް 2026" ފަސްކުރެވިފައިވާ ކަމަށް އުރީދޫއިން އިއުލާން ކޮށްފިއެވެ. އުރީދޫ މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މުބާރާތް ބާއްވާނެ އައު ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރެވޭނެއެވެ.

ކ. މާފުށީގައި ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ވަނީ ނިމިދިޔަ މަހު ހުޅުވާލާފައެވެ. 12 މީހުންގެ ޓީމަކަށް އެކުލަވާލެވޭ، ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޓްތަކުގެ އިތުރުން އާންމުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި މުބާރާތުގައި ވާދަކުރެވޭނީ އެންމެ ގިނަވެގެން 20 ޓީމަށެވެ.

މިއަހަރުގެ މަސްރޭހުގައިވެސް ޖުމްލަ 43,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް 25,000 ރުފިޔާ، ދެވަނަ ޓީމަށް 10,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، އެންމެ މޮޅު އަންހެން މަސްވެރިޔާ، އެންމެ މޮޅު ފިރިހެން މަސްވެރިޔާ، އަދި އެންމެ ބަރު މަސް ބާނާ ފަރާތަށްވެސް ކޮންމެ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.

މުބާރާތް ފަސްކުރެވުނު ނަމަވެސް، އިތުރު މައުލޫމާތާއި އައު ތާރީޚު އުރީދޫގެ ޝޯޝަލް މީޑިއާ ތަކުން ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އެކުންފުނިންވަނީ ބުނެފަވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު