Thursday, November 5
އިސްރަށްވެހިންނަށް ބާއްވާ ޤުރްއާން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން، މާލޭ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނަށް ޚާއްޞަ ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ފެށުމަށް އިޢުލާނުކޮށްފިއެވެ.

"އިސްރަށްވެހިންގެ ޤުރްއާން ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، އަކުރުތަކުގެ މަޚުރަޖުތަކާއި އަދާތަކާއެކު ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމމި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޢުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށެވެ. މި ކުލާސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ.

މި ޕްރޮގްރާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2026 ގައެވެ. ކުލާސްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރުފަހު 13:15 އިން 15:00 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު