Thursday, November 5
އިންޖިނިއަރސް އެވޯޑު 2026 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ވެފައި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރު އާލާކުރުމުގެ މަޤްޞަދުގައި ދޭ އެވޯޑެކެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އެވޯޑު ޖުމްލަ 10 ގިންތިއަކުން ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ގިންތިތައް:

  • އިންޖިނިއަރ އޮފް ދަ އިޔަރ
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • ޔަންގް އިންޖިނިއަރ އެވޯޑް
  • ވިމެން އިން އިންޖިނިއަރިންގ އެވޯޑް
  • އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް
  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
  • އިންޖިނިއަރިންގ ކޮންސަލްޓަންޓް/ ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
  • ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  • ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އިއްޔެއިން ފެށިގެން 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އެވޯޑަށް ކުރިމަތިލާ ފަރާތްތަކަކީ 03 އޮގަސްޓު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީގެ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން  އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު