Thursday, November 5
އުކުޅަހުގައި ފަސް ޓަނުގެ އައިސްޕްލާންޓެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ފަރުމަސް ވެރިކަމަށް ޚާއްޞަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓު އއ. އުކުޅަހުގައި އެޅުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން އުކުޅަހުގައި ގާއިމުކުރާ 5 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. އަދި ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑްގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިގްބާލްއެވެ.

މިއީ ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ. މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި އެޅުމަށް ހަމަޖެހިފައިވަނީ ފަސް ޓަނުގެ އައިސްޕްލާންޓެކެވެ.

މި މަސައްކަތް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު