Thursday, November 5
އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިއީ މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ މަސައްކަތްތަކުގެ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެމްއެމްއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި ފަހަރުގެ ޕްރޮގްރާމަށް 10 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލެވޭނީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އިންޓާންޝިޕްގެ މުއްދަތަކީ 2 ހަފުތާ އާއި 1 އަހަރާ ދެމެދުގެ މުއްދަތެކެވެ. މަސައްކަތް ކުރަންޖެހޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރަތަކަކީ:

  • އޯލެވެލް / އޭލެވެލް ފުރިހަމަކޮށްފައިވާނަމަ: 8,000 ރުފިޔާ
  • ޑިގްރީ ފުރިހަމަކޮށްފައިވާނަމަ: 9,000 ރުފިޔާ
  • މާސްޓާޒް ފުރިހަމަކޮށްފައިވާނަމަ: 10,000 ރުފިޔާ

މި އިންޓާންޝިޕްގެ ދަށުން ފުރުޞަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި އިޤުތިޞާދު، އިންފޮމޭޝަން ޓެކްނޮލޮޖީ/ފިންޓެކް، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް އެންޑް ރިސްކް، ބޭންކިން އެންޑް އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތައް ހިމެނެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުން 'ކެރިއާސް' ޕޯޓަލް މެދުވެރިކޮށް 13 އޯގަސްޓް 2026 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

އެމްއެމްއޭ އިން ބުނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަވިއު ކުރެވޭނެ ކަމަށާއި، އިންޓަވިއުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަޝިޕް ހުނަރާއި، މުާމަލާތްކުރުމުގެ ހުނަރު އަދި އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހުރި މިންވަރު ހިމެނޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު