Thursday, November 5
ހިޔާ ފުލެޓުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއްގައި، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި އަލިފާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އުނދުނަށް އުދާފައި ހުރި ތެއްޔެއްގައި ރޯވެގެންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު