Thursday, November 5
ހިންމަފުށީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކާއި ބަނގުރާ ފުޅި ނައްތައިލައިފި

ހިންމަފުށީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކާއި ބަނގުރާ ފުޅި ނައްތައިލައިފިއެވެ. މިއީ ތަހުގީގު ނިމިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތެއް ނެތް މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

މިގޮތުން ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ނައްތައިލާފައިވަނީ ހިންމަފުށީ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅިއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު