ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާދަކުރައްވަން ނިންމަވައިފިއެވެ.
އަންނަ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސް އިންތިޚާބުގައި ނައިބު ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ޝިޔާމްގެ އިތުރުން ސިޔާސީ އިސް ހަ ބޭފުޅަކު ވަނީ ފާޅުކުރައްވާފައެވެ. އެ ބޭފުޅުންނަކީ:
Advertisement
- އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާގެ މެންބަރު)
- މުހައްމަދު ހުސައިން ޝަރީފް / މުންދު (ސަރުކާރުގެ އިސް ތަރުޖަމާނު)
- މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)
- އަބްދުﷲ ރާފިއު (ޔޫތު މިނިސްޓަރު)
- އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެންބަރު)
- ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެންބަރު)
މި ބޭފުޅުންގެ ތެރެއިން ޝިޔާމް، ސައީދު، މުންދު އަދި ޝުޖާއުއަކީ މިހާރުވެސް ޕީއެންސީގެ ނައިބު ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ.



