Thursday, November 5
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގެ 68.8 އިންސައްތަ ނިމިއްޖެ: އެމްއޭސީއެލް

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިހާތަނަށް ހިއްކިފައިވާ ބިމަކީ މުޅި މަޝްރޫޢުގެ 68.8 އިންސައްތައެވެ.

ފަޅު ހިއްކުމުގެ މަސައްކަތަށް މިހާރު ބޭނުންކުރަމުންދާ ޑްރެޖަރުތަކުގެ ތެރޭގައި ބޮޑު ޑްރެޖަރެއް ކަމަށްވާ "ކުއީން އޮފް ދަ ނެދަލޭންޑްސް" ހިމެނެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރަސްމާލެއާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސެޕްޓެމްބަރު މަހު ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު