Thursday, November 5
ފްރާންސްގައި ލޭ ރައްކާކުރާ ތަންތަނުގެ ފިނިހޫނުމިން މަތިކުރަން ސައިބާ ހަމަލާއެއް ދީފި

ފްރާންސްގައި ލޭ އެޅުމަށް ބޭނުންވާ ޕްލާޒްމާ ރައްކާކުރުމާއި ބޭސް އުފެއްދުމުގެ މަސައްކަތްކުރާ ފްރެންޗް ބްލަޑް އެސްޓެބްލިޝްމަންޓް (އީއެފްއެސް) ގެ ތިން ފެސިލިޓީއަކަށް ސައިބާ ހަމަލާއެއް އަމާޒުވެއްޖެއެވެ.

ފްރާންސްގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ހެކަރުން މަސައްކަތްކޮށްފައިވަނީ އެ ތަންތަނުގައި ލޭ ރައްކާކުރާ ފިނިހޫނުމިން ނުރައްކާތެރި މިންވަރަކަށް މަތިކޮށް، ލޭ ހަލާކުކޮށްލުމަށެވެ.

ހެކަރުން ވަނީ ރެފްރިޖަރޭޝަން ކޮންޓްރޯލް ސިސްޓަމްތަކުގެ ތެރެއަށް ވަދެ، މައިނަސް 30 ޑިގްރީ ސެލްސިއަސްގައި ބަހައްޓާ ސްޓޯރޭޖްތަކުގެ ފިނިހޫނުމިން 110 ޑިގްރީ ސެލްސިއަސް އަށް މަތިކުރަން މަސައްކަތްކޮށްފައެވެ.

ނަމަވެސް މޮނިޓަރިން އަދި އެލާމް ސިސްޓަމްތަކުން އެ ބަދަލުތައް ދެނެގަނެވުމުން، އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބުމުގެ ކުރިން ލޭގެ ޕްރޮޑަކްޓްތައް ރައްކާތެރިކުރެވިފައިވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހާދިސާގެ ސަބަބުން ލޭގެ އެއްވެސް ސްޓޮކަކަށް އަސަރުކޮށްފައި ނުވާ ކަމަށާއި، ލޭ ނެގުމާއި ފޯރުކޮށްދިނުމުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ޔޫރަޕުގެ ބައެއް ސުޕަމާކެޓުތަކުގެ ރެފްރިޖަރޭޝަން ސިސްޓަމްތަކަށް އަމާޒުވި ސައިބާ ހަމަލާތަކަކަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މި ހަމަލާ ދިން ބަޔަކު އަދި ދެނެގަނެވިފައި ނުވާއިރު، ފްރާންސްގެ ސައިބާ ސެކިއުރިޓީ އޮފިޝަލުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި ކުރިން ހިނގި ހާދިސާތަކާ މި ހަމަލާއާ އެއްވެސް ގުޅުމެއް ވޭތޯ ބެލުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު