Thursday, November 5
ހަ ވަނަ އިންސްޕެކްޓަރ ކޯސް ފަށައިފި

ފަންނީ އަދި ނަޒާހާތްތެރިކަމާއެކު ހިދުމަތް ފޯރުކޮށްދޭނެ ފުލުހުންތަކެއް ބިނާކުރުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ އިންސްޕެކްޓަރ ކޯހުގެ ހަ ވަނަ ބުރު ފަށައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިއަދު މި ކޯސް ފަށާފައިވަނީ 35 ފުލުހުންނާ އެކުގައެވެ. އެއީ 31 ފިރިހެން ފުލުހުންނާއި ހަތަރު އަންހެން ފުލުހުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ ނުވަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގެ ސަބަބުން އޮފިސަރުންގެ ކިބައިގައި، ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ތަރައްގީކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު