Thursday, November 5
އަޑިއަށްދިޔަ ލޭންޑިންގ ކްރާފްޓަކުން ގެއްލުނު ދެ މީހަކު ހޯދަނީ

އަޑިއަށްދިޔަ ލޭންޑިންގ ކްރާފްޓަކުން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބިއިރު، އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާ ކަމަށާއި، ގެއްލިފައިވާ ބާކީ 2 މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ވަގުތު ލޭންޑިންގ ކްރާފްޓްގައި ތިބީ 2 ދިވެހިންނާއި 8 ބިދޭސިން ކަމަށާއި، ގެއްލިގެން ހޯދަމުންދަނީ 2 ބިދޭސީން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު