Thursday, November 5
ކެފޭތަކުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ އަށް ބިދޭސީއަކު އަތުލައިގެންފި
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކް ފޯސްއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން، މިއަދު ހިންގި އޮޕަރޭޝަނެއްގައި އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޓާސްކްފޯހުން ވަނީ ގަވާއިދާ ޚިލާފަށް ހިންގާ ކެފޭއާއި ޓޭކްއަވޭތަކަށް އަމާޒުކޮށްގެން މިއަދު އޮޕަޜޭޝަނެއް ހިނގައިފައެވެ. މި އޮޕަރޭޝަންގެ ތެރެއިން ހަ ތަނަކުން 28 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12,552 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ޑީޕޯޓްކުރި ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާހުރެ ފޮނުވާލެވުނު ފަރާތްތައް ހިމެނެއެވެ. އަދި މިފަދައިން ފޮނުވާލެވުނު މީހުންގެ ތެރޭގައި ގަވާއިދާ ޚިލާފަށް އަމިއްލަ ވިޔަފާރިކުރާ މީހުންނާއި، ބޭނުންވާ ސައްހަ ލިޔެކިޔުންތައް ނެތް މީހުން ގިނަ އަދަދަކަށް ހިމެނޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު