ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ހަލާކުވި މައްސަލައިގައި އިހުމާލުވި އޮފިސަރު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ۔
2019 ވަނަ އަހަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އަތުލައިގަތް 30,000 ޑޮލަރު ހަލާކުވި މި މައްސަލަ މީޑިއާއަށް ތިލަވީ މިދިޔަ އަހަރުއެވެ۔ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި، އިހުމާލުވި އޮފިސަރު ވަޒީފާއިން ވަކިކުރުމުގެ އިތުރުން މައްސަލަ ނިމެންދެން އޭނާ ސަސްޕެންޑްކުރުމަށްވެސް ވަނީ ނިންމާފައެވެ۔
Advertisement
މި ފައިސާއަކީ ކޮން ބާވަތެއްގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ۔



