މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ބޮލުގައި ޖެހި، އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިއަދު ހެނދުނު ބޮޑުތަކުރުފާނުމަގުގެ މާފަންނު ސަރަހައްދުގައި ހުރި އިމާރާތަކުން އެއްޗެއް ވެއްޓި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެ މީހާގެ ބޯފަޅައިގެން ގޮސް، ލޮލުގެ ފެނުންވެސް ވަނީ ގެއްލިފައެވެ.
Advertisement
އައިޖީއެމްއެޗުން އެ މީހާއަށް ފަރުވާދެމުންދާކަން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



