މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 4289، އަލްފާޟިލް ޙާރިޘް މުޙައްމަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު އިން މިއަދު ވަނީ އައްޔަންކުރައްވާފައެވެ. ޙާރިޘް މި މަޤާމަށް ހަމަޖެއްސެވީ ކުރިން އެމްޑީގެ މަޤާމުގައި ހުންނެވި އަޙްމަދު ނިޔާޒް މި މަހުގެ 23 ވަނަ ދުވަހު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ޙާރިޘް މުޙައްމަދަކީ ޓޫރިޒަމް، ވައިގެ ދަތުރުފަތުރު، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ. އޭނާ އަދާކުރެއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމާއި، އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް ގެ ފެލޯޝިޕްވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ



