ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް އައްޑޫ ސިޓީގެ އިޚްތިޞާޞުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން ރައީސް މުއީޒް ނިންމަވައިފައި ވަނީ ސަވާހިލި ގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އަލުން ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) ގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުގެ ދަށުން ނެރުއްވި ނަންބަރު 13/2026 ޤަރާރުންނެވެ.
މި ޤަރާރާއެކު، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް އައި ބަދަލުތައް ދައްކުވައިދޭ ޗާޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަކަމަށް ރައީސް އޮފީހުން ހާމަކުރެއްވިއެވެ.



