Thursday, November 5
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކައްޕިއަށް އަނިޔާވެއްޖެ

ހދ. ހަނިމާދޫ ބަނދަރު ބޭރުތޮށީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ނޮދަން އޭރިއާ ކޮމާންޑް، ހަނިމާދޫ ޕޯސްޓަށް ރޭ 00:15 ހާއިރު ލިބުމާއެކު، ހަނިމާދޫ ޕޯސްޓުގެ ސިފައިން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 00:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެންނެވެ.

މި ހާދިސާގައި ލޯންޗުގެ ކެޕްޓަން ފިހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ހަނިމާދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު