Thursday, November 5
ޝާހިދު ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރި މައްސަލަ، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އެރޭ އޭނާ ދޫނިދޫއަށް ގެންގޮސްފައިވާއިރު، ފަހުން ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަޙުޤީޤަށް ކޯޓު އަމުރެއްގެ ދަށުން ޝާހިދު ދިރިއުޅުއްވާ ހ. ރަބީޢީމަންޒިލް ރޭ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަޤްޞަދެއްގައި ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކުރީގެ ޚާރިޖީ ވަޒީރު، އެމްޑީޕީގެ ކުރީގެ ރައީސް އަދި އދ. ގެ ޢާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ހައްޔަރުކޮށްފައިވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު