Friday, October 23
ހޯމް ކެއަރ ޚިދުމަތް އީވް ކްލިނިކުން ތަޢާރަފުކޮށްފި
އީވް ކްލިނިކުގެ ވެސްޓް ޕާކް ބްރާންޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީއެވެ. މި ރަސްމިއްޔާތުގައި އެ ކްލިނިކުގެ އިސްވެރިންނާއި ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީވް ކްލިނިކް ގްރޫޕުގެ ކްލިނިކަލް ޑިރެކްޓަރު ހައިފާ މުހައްމަދު ވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައް ދެނެގަނެ، އެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީ އެ ކްލިނިކުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވާފައެވެ.

މި ޚިދުމަތުގެ ދަށުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލޭގެ ޓެސްޓުތަކަށް ސާމްޕަލް ނެގުމުގެ އިތުރުން، ކުދިކުދި ފާރުގަނޑުތައް ސާފުކުރުމާއި ނާސިންގްގެ ތަފާތު ފަރުވާތައް ބަލިމީހާގެ ގޭގައި ތިބެގެން ހޯދޭނެއެވެ. މީގެއިތުރުން، ވިހެއުމަށްފަހު މައިންނަށް ދެވޭ ޕޯސްޓް ނޭޓަލް ކެއަރ ޕެކޭޖެއްވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ތުއްތު ކުދިން ބެލެހެއްޓުމާއި، މަންމައާއި ދަރިފުޅަށް އާއިލާގެ ފަރާތުން އެހީތެރިކަން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.

އީވް ކްލިނިކް ގްރޫޕުގެ ހުރިހާ ބްރާންޗަކުންވެސް މިހާރު ވަނީ ހޯމް ކެއަރ ޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ތިން ކްލިނިކާއެކު ހިދުމަތް ދެމުންދާ އީވް ކްލިނިކް ހެލްތްކެއަރއަކީ ސިއްހީ ދާއިރާގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އަމިއްލަ ކުންފުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު