Thursday, November 5
މާލެއިން ޔޫކޭ ވިސާ ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސަނީ

އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މާލޭގައި ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރެއް ގާއިމުކުރުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޒާމު ހަމަޖައްސާފައިވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައެވެ. މިގޮތުން މި ޚިދުމަތް ކުރިއަށްދާނީ 2026 އޮގަސްޓް 10، 11 އަދި 12 ވަނަ ދުވަހު މާގިރި ހޮޓަލުގައެވެ. ވިސާ ސެންޓަރު ހުޅުވިފައި ހުންނާނެ ގަޑިތަކަކީ:

  • 10 އޮގަސްޓް 2026: ހެނދުނު 8:00 އިން ހަވީރު 6:00 އަށް
  • 11 އޮގަސްޓް 2026: ހެނދުނު 8:00 އިން ހަވީރު 6:00 އަށް
  • 12 އޮގަސްޓް 2026: ހެނދުނު 8:00 އިން މެންދުރު 1:00 އަށް

މާލޭގައި ގާއިމުކުރާ މި ވަގުތީ ސެންޓަރު މެދުވެރިކޮށް ވިސާއަށް އެދޭ ފަރާތްތަކުން އިތުރު ފީއެއްގެ ގޮތުގައި 76.50 ބްރިޓިޝް ޕައުންޑް ދައްކަންޖެހޭނެއެވެ. މި ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށް އެޕޮއިންޓްމަންޓް ބުކްކުރާ ވަގުތުގައެވެ.

އާންމުގޮތެއްގައި ރާއްޖޭގައި ޔޫކޭ ވިސާ ސެންޓަރެއް ދާއިމީކޮށް ނުހުންނާތީ، ރާއްޖޭގައި ތިބޭ ފަރާތްތަކަށް އެންމެ ކައިރިން ވިސާގެ ޚިދުމަތް ލިބެން ހުންނަނީ ސްްރީލަންކާގެ ކޮލަމްބޯގައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 94114692605+ ނަންބަރަށް ގުޅުއްވުމަށް ނުވަތަ ukopscolombo@vfsglobal.com އަށް އީމެއިލް ކުރެއްވުމަށް އިނގިރޭސި ހައި ކޮމިޝަނުން އިލްތިމާސްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު