Thursday, November 5
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދޭ އުސޫލު އެއްހަމަކުރަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު އެއްހަމަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން ނެރުނު ސަރކިއުލަރއެއްގައި ކުންފުނިތަކަށް އަންގާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އިތުރު ގަޑީގެ ފައިސާ ދެވޭނީ ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް ކަމަށް ކަނޑައެޅުމާއި އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައިގެން (ކެޕް ކޮށްގެން) ފައިސާދޭ ކުންފުނިތަކުން، އަލަށް މި ކަނޑައެޅި އުސޫލާއި މިހާރު އޮތް އުސޫލާ އަޅާކިޔުމަށްފަހު، ކުންފުންޏަށް އެންމެ ޚަރަދު ކުޑަވާނެ ގޮތަކަށް އުސޫލުތައް ބައްޓަންކުރުން ހިމެނެއެވެ.

ޕީސީބީން ވަނީ މި ބަދަލުތައް ގެނައުމަށްޓަކައި ކުންފުނިތަކުގެ އުސޫލުތައް 30 ޖުލައި 2026 ގެ ކުރިން އިސްލާހުކޮށް ނިންމުމަށް އަންގާފައެވެ. އަދި އައު އުސޫލަށް ޢަމަލުކުރަން ފަށަންޖެހޭނީ 01 އޮގަސްޓް 2026 އިން ފެށިގެން ކަމަށްވެސް އެ ބޯޑުން ބުނެފައިވެއެވެ.

މި އެންގުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ޕީސީބީއަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ. އެހެންކަމުން، މި އެންގުމަށް ޢަމަލުކުރުމަކީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކަށް ޤާނޫނީގޮތުން ލާޒިމުކަމެއް ކަމަށް ޕީސީބީން ހަނދާންކޮށްދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު