Thursday, November 5
ތިލަފުށީ ބަނދަރުގެ ބިމުގެ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ފަރާތުން ކ. ތިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިމުގެ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

އެމް.ޕީ.އެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ބިޑްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން (ޕްރީ-ބިޑް ސެޝަން) އޮންނާނީ 22 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެމް.ޕީ.އެލްގެ ހެޑް އޮފީހުގައެވެ. މި ސެޝަންގައި މަސައްކަތުގެ ތަފްސީލް، ޚިދުމަތުގެ ދާއިރާ، އަދި ޕްރޮކިއުމަންޓް މަރުހަލާ ކުރިއަށްދާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކުރެވޭނެއެވެ.

އިޢުލާނާ ގުޅިގެން އިތުރު ސުވާލެއްވާނަމަ، 28 ޖުލައި 2026 ގެ މެންދުރުފަހު 14:00 ގެ ކުރިން tender@port.mv އަށް އީމެއިލް ކުރެއްވުމަށް އެމް.ޕީ.އެލް އިން އެދެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކުންފުނީގެ ހެޑް އޮފީހުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައިނުގަންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު