Thursday, November 5
ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް 2026 ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިގޮތުން، ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު