Friday, October 23
މާފަންނުގައި ތަރައްގީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނުގައި ތަރައްގީކުރި އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. މި ދަނޑު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މި މަޝްރޫއަކީ ކުޅިވަރާ ބެހޭ ވުޒާރާއިން ފޯރުކޮށްދިން ތަކެތި ބޭނުންކޮށްގެން، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އާރުޑީސީން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީހް އަފީފްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުސްތަފާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އާ ދަނޑާއެކު މާފަންނު ސަރަހައްދުގައި އުޅޭ ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއި އިޖުތިމާއީ ހަރަކާތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު