Friday, October 23
ތިލަފުށީ ބަނދަރުގެ ކީ-ވޯލް ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ އާ ހަވާލުކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ މުދާ އުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްސަކޮށް، 14.6 މީޓަރުގެ ފުންމިނުގައި 375 މީޓަރުގެ ދިގު ކީ-ވޯލްއެއް ހެދުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަކޮށް 5 މީޓަރުގެ ފުންމިނުގައި 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުރިހަމަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު