Thursday, November 5
މައުމޫން ފައުންޑޭޝަނުން އައިޔޫއެމްގައި ކިޔެވުމަށް ދޭ ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

މައުމޫން ފައުންޑޭޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަށް ދެއްވާފައިވާ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިޔޫއެމް އިން ކުރި އިޢުލާނެއްގައިވާ ގޮތުން މި ސްކޮލަރޝިޕްގެ ދަށުން ހުޅުވާލާފައިވަނީ މާސްޓާސް އޮފް ޓީޗިންގ އެންޑް ލަރނިންގ އިސްލާމިކް އެޑިޔުކޭޝަން ކިޔެވުމުގެ އެއް ފުރުޞަތެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، 2026 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ކިޔަވަން ފަށާ ދަރިވަރަކަށްވުމުގެ އިތުރުން އުމުރުން 35 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި ޓިއުޝަން ފީގެ ގޮތުގައި 33،675ރ. އާއި، ސްޓައިޕެންޑްގެ ގޮތުގައި މަހަކު 3،000ރ. އާއި، އިދާރީ ފީ ގޮތުގައި 2،350ރ. އާއި، ބުކް އެންޑް ރިސޯސް އެލަވަންސްގެ ގޮތުގައި 2،000ރ. އަދި ކޮންފަރެންސް އެލަވަންސްގެ ގޮތުގައި 1،500ރ. ހިމެނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 އަށެވެ. ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް އެކުލަވާލާފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު