Thursday, November 5
ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެއްޖެ

ކ. ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓުގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންނާއި ސިފައިން އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު