Thursday, November 5
ހިޔާ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ހިޔާ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ 20:40 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު