Friday, October 23
ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަހްނާއަށް
އެމެރިކާގެ އޮރެގަންގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ބާރު ދުވުންތެރިޔާ އަހްނާ ނިޒާރަށް ލިބިއްޖެއެވެ. އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދޭ ގޮތުގައި، އަންނަ މަހުގެ 5 އިން 9 އަށް ކުރިއަށްދާ މި މުބާރާތުގައި އަހްނާ ވާދަކުރާނީ 200 މީޓަރު ދުވުމުގެ އިވެންޓުގައެވެ.

އަހްނާއަކީ ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ބޮޑެތި ތަޖުރިބާތަކެއް ހޯދާފައިވާ އެތުލެޓެކެވެ. އެގޮތުން މިދިޔަ މެއި މަހު ޗައިނާގައި ބޭއްވި އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތާއި، އިންޑިއާގެ އޯޕަން ރިލޭ މުބާރާތުގެ އިތުރުން މިދިޔަ އޭޕްރީލް މަހު ޗައިނާގެ ސަންޔާގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގައިވެސް އޭނާ ވަނީ ވާދަކޮށްފައެވެ. ހާއްސަކޮށް، އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފުވެސް އަހްނާ ވަނީ ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު