Friday, October 23
ފެންބޮޑުވެ ހާލުގައި ޖެހުނު ބަންގްލަދޭޝްގެ ރައްޔިތުންނަށް އެހީވުމަށް އައިއޭސީން ހުޅުވާލައިފި
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިން ހުޅުވާލައިފިއެވެ. އައިއޭސީން ބުނި ގޮތުގައި، ހާދިސާ ހިނގި ފުރަތަމަ ދުވަހުން ފެށިގެން އެ ޖަމާއަތުގެ ޓީމުތަކުން ދަނީ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މި އެހީގެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އައިއޭސީ ގެ ނަމުގައި ހުޅުވާފައިވާ ތިރީގައިވާ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ހަދިޔާކުރެވޭނެއެވެ:

  • އެކަންޓް ނޭމް: International Aid Campaign
  • ބީއެމްއެލް އިސްލާމިކް: 7770000062744
  • އެމްއައިބީ: 90101555002111003

ބަންގްލަދޭޝްއަށް ކުރި މި ވިއްސާރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، 60 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ ބައެއްގެ ގެދޮރު ގެއްލި، ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު