މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މީގެ އިތުރުން، މި އިމާރާތްތަކުގައި ޕާކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއެކު، އިމާރާތުގެ ގްރައުންޑް ފްލޯ ވިޔަފާރީގެ ބޭނުންތަކަށް ހާއްސަކޮށް ޖާގަ ހަދަންޖެހެއެވެ. މި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ސަރުކާރުން މުޅިން ހިލޭ ފޯރުކޮށްދޭ އިރު، ބިން ހަވާލުކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހެއެވެ .
ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވާ ގޮތް:- އައްޑޫ ސިޓީ: ޖުމްލަ 550 ޔުނިޓް (ހިތަދޫ - 300، ފޭދޫ - 200، މަރަދޫފޭދޫ - 25، މަރަދޫ - 25)
- ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، ޅ. ނައިފަރު: ކޮންމެ ރަށަކަށް 300 ޔުނިޓް
- ލ. ގަން: 200 ޔުނިޓް
- ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި، ދ. މީދޫ: ކޮންމެ ރަށަކަށް 100 ޔުނިޓް
- ބ. ތުޅާދޫ: 50 ޔުނިޓް
މި މަޝްރޫއަށް ހޮވޭ ޑިވެލޮޕަރުންނަކީ މާލީ ގޮތުން ގާބިލު، އަދި ޤައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ފަރާތްތަކެއް ކަމަށް ވާންޖެހެއެވެ. މަޝްރޫއާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އަންނަ މަހުގެ 4 ވާ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.






