ރޭ ޙަވާލުކުރި އެމްބިއުލާންސްތަކާއެކު މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލާންސް ގެނެސް، ޚިދުމަތަށް ނެރެފައިވެއެވެ. ސަރުކާރުގެ މުހިންމު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިފަހަރު އެމްބިއުލާންސް ލިބުނު 17 ރަށުގެ ތެރޭގައި ށ. ކޮމަންޑޫ، ށ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫ ހިމެނެއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަޙައްދާއި އެހެނިހެން ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ފެށުމަށްޓަކައި 10 ޕެރަމެޑިކް އެމްބިއުލާންސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ގެނެސް ޙަވާލުކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.






