Friday, October 23
ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރަން ކައުންސިލުން ނިންމައިފި
ހދ. ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އެމްޑީޕީގެ މެންބަރުންގެ މެޖެޖޯރިޓީ އޮންނަ އެ ކައުންސިލުގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވި ގޮތުގައި، މިއީ އެ ބޭފުޅުންގެ ކެމްޕެއިން ވައުދެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މިއަހަރުގެ ތެރޭގައި ރަށުގެ ރައްޔިތުންގެ މެދުގައި ޚާއްޞަ ސާވޭއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމަލީ މަސައްކަތް ކުރިއަށްދާނީ ހަތަރު ނުވަތަ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، ކަނޑައެޅިގެން ހިނގާނެ ޚަރަދު އެނގޭނީ ސާވޭ ނިމުމުންނެވެ. ފިރާޤް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުން ޚަރަދުގެ 50 އިންސައްތަ ދޭ ގޮތަށް ހަމަޖެއްސި ނަމަވެސް، ބާކީ ބައި ގޭގެ ވެރިފަރާތުން ދައްކަން ޖެހޭތީ ބައެއް ގޭބިސީތަކުން މިކަމަށް ބޭނުން ނުވެދާނެއެވެ. އެހެންނަމަވެސް، މިހާރުވެސް ބައެއް ކުންފުނިތަކުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މި މަޝްރޫޢު ނިމުމުން އާދައިގެ ގޭގޭގެ ކަރަންޓު ބިލު ސުމަކަށް ތިރިވެ، ބޮޑެތި ގޭބިސީތަކުގެ ކަރަންޓު ބިލުން ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު