Friday, October 23
ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމި ސްކޫލްތަކުގެ ޗުއްޓީ ފަށައިފި
ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި، ރާއްޖޭގެ ސްކޫލްތަކުގެ ޗުއްޓީ މިއަދު ފަށައިފިއެވެ. މިފަހަރު ފުރަތަމަ ޓާމްގެ ޗުއްޓީއަށް މި ލިބެނީ 16 ދުވަހުގެ ބަންދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތުން ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ފެށޭއިރު، މި ޓާމު ނިމޭނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދަރިވަރުންނަށް ބޮޑު ޗުއްޓީގެ ގޮތުގައި 25 ދުވަސް ލިބޭނެ ކަމަށާއި، އަދި އާ ދިރާސީ އަހަރުގެ ކިޔެވުން އަންނަ އަހަރުގެ ޖަނަވަރީ 13 ގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ތަޢުލީމީ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުގެ 218 ސްކޫލެއްގައި މިހާރުވެސް 77,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ. މީގެ ތެރޭގައި އަލަށް ގްރޭޑް 1 އަށް ވަން 4,790 ދަރިވަރުން ހިމެނޭއިރު، އޭގެ ތެރެއިން 1,748 ދަރިވަރުން ކިޔަވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައެވެ. އަދި ބާކީ 3,042 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދަނީ އަތޮޅުތެރޭގެ ސްކޫލްތަކުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު