މަސްތުވާތަކެއްޗާއެކު ދުވާފަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ވިދުވަރު / ރ.އިންނަމާދޫ، މުޙައްމަދު ސަމޫހް (25އ) އާއި ރޯޝަން / މިސްކިތްމަގު، ޏ.ފުވައްމުލައް، އިބްރާހީމް ޞަލާޙު (32އ) އެވެ.
Advertisement
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ގުޅިގެން މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. މި މައްސަލައިގައި މުޙައްމަދު ސަމީހު 10 ދުވަހަށް އަދި އިބްރާހީމް ސަލާހް 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



