Thursday, November 5
ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގެ ތިން ކުއްޖަކު މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 14 ޖުލައި 2026 ވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ހާދިސާގައި މި ކުދިން މަރުކަޒުން ބޭރަށް ނުކުމެ، ރަށު ތެރޭގައި އުޅުނު މީހަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު