Friday, October 23
ހިޔާ ޕާކު ސަރަހައްދުގައި ދިވެހި ބޭސްވެރިކަމާ ގުޅޭ ގަސްތަކެއް އިންދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހާއްސަ ހަރަކާތެއް ހުޅުމާލޭގެ ހިޔާ ޕާކު ސަރަހައްދުގައި މިއަދު ބާއްވައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަރަކާތަކީ ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ބޭނުންތެރި ހަރަކާތެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ފެހިކުރުމަށްޓަކައި ރައީސް މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި ބޮޑު މަޝްރޫއުގައި ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ ވަރަށް ހީވާގީކަމާއެކު ބައިވެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު